English Edition
Dhivehi Edition
ދުންޔާ މައުމޫނު

ޕީޕީއެމް/ޕީއެންސީ އިން މި ޕްރައިމަރީ ވަރަށް އިންސާފުވެރިކަމާއެކު ގެންދަންޖެހޭކަމުގައި ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް، ޕީއެންސީން މިއަދު ބާއްވާ ޕްރައިމަރީގެ ފޯރިގަދަވެ ބައެއް މަރުކަޒުތަކުގައި ހަމަނުޖެހުންތައް ހިންގާފައިވާއިރު، ދުންޔާ މައުމޫނު އެކްސްގައި ވިދާޅުވީ ހުޅުމާލޭ ދެކުނު ދާއިރާގެ ވޯޓު ފޮށީގައިވެސް މައްސަލަ ޖެހިފައިވާ ކަމަށެވެ. އެ ފޮށީގައި ޖެހުނު މައްސަލައަކީ އެހެން ދާއިރާއެއްގެ ވޯޓު ކަރުދާސްތަކައް ހުޅުމާލޭ ދެކުނު ދާއިރާގެ ވޯޓު ފޮށީގައި ހުރިކަމަށް ބުނާ މައްސަލަކަމަށާއި މިކަމާ ގުޅިގެން ކެންޑިޑޭޓުންނާވެސް މަޝްވަރާކުރަމުން އަންނަކަމަށް ދުންޔާ ވިދާޅުވިއެވެ.

 

މިއަދު ބާއްވާ ޕްރޮގްރެސިވް ކޯލިޝަންގެ އިންތިހާބުގައި 227 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މި ޕްރައިމަރީގައި 71،000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ.