English Edition
Dhivehi Edition

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ފިންލެންޑުގެ ޚާރިޖީ ވަޒީރު އަލީނާ ވެލްޓޮނޭން ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ އިސްރާއިލަށް ފޮނުވި ޚާއްސަ މެސެޖެއްގައެވެ.

އަލީނާ ވެލްޓޮނޭން އިސްރާއީލަށް ފޮނުވި މި މެސެޖުގައި ވިދާޅުވީ އިސްރާއީލުން އަމިއްލަ ދިފާއުގައި ކުރާ ހަނގުރާމައެއް ކަމަށް ބުނެ، ހަމަލާތައް އަމާޒުކުރަނީ ޣައްޒާގެ އާންމުންނަށް ކަމަށާއި، އެއީ ފަހަރެއްގައިވެސް އަމިއްލަ ދިފާއުގައި ހަނގުރާމަކުރުމެއް ނޫންކަމަށެވެ. އަދި މިހާރުން މިހާރަށް އެ ހަމަލާތައް ހުއްޓާލުމަށް އެކަމަނާ ވަނީ އިސްރާއީލަށް ގޮވާލައްވައިފައެވެ.

“އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ، އިސްރާއީލުން އެ ކުރަނީ އަމިއްލަ ދިފާއުގައި ކުރާ ހަނގުރާމައެއް ނޫންކަން. އެއީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް. އިސްރާއީލުގެ ހަމަލާތައް އަމާޒުކުރަނީ ޣައްޒާގެ ކުށެއް ނެތް އާންމުރައްޔިތުންނަށް. މިއީ ބޮޑު ޖަރީމާއެއް. މިކަން ވަގުތުން ހުޢްޓާލަން ގޮވާލަން.” އެ ކަމަނާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ އިސްރާއީލު ސަރުކާރުން ޣައްޒާގައި ތިބި ރައްޔިތުން ހިމާޔަތް ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށެވެ.