English Edition
Dhivehi Edition
ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ،

ފުވައްމުލައް ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

މި އެކްސިޑެންޓުގައި އޭނާއަށް ލިބުނު އަނިޔާތަަކަށް ފުވައްމުލަކު ހޮސްޕިޓަލުގަ ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އޭނާ މާލެ ފޮރުވާލީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗް ގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:15 ގައެވެ.