English Edition
Dhivehi Edition
ފޮޓޯ: ސިޓީކައުންސިލް

އެމްޑީޕީ ޓިކެޓުގައި މާލޭ މޭޔަރުކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ އާ މޭޔަރު އާދަމް އާޒިމް މާލޭ ސިޓީ މޭޔަރުކަމުގެ ހުވާ ކުރައްވައިފިއެވެ.

އާދަމް އާޒިމް އަށް މޭޔަރުކަމުގެ ހުވާލައިދެއްވާފައި ވަނީ މިކަމަށް ހާއްޞަކޮށް ދަރުބާރު ގޭގައި ރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުއެވެ.

މޭޔަރު ކަމަށް އާދަމް އާޒިމް މަގާމުގެ ހުވާކުރެއްވިއިރު، މި ރަސްމިއްޔާތުގައި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމްގެ އަދި އެމްޑީޕީ ޓިކެޓުގައި އިންތިހާބުވި އަހުމަދު ރިޝްވާން ވެސް ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ.

މާލޭ ސިޓީ ކައުންސިލަށް އާ މޭޔަރަކު ހޮވީ އެ މަގާމުގައި ކުރިން ހުންނެވި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ.

މި އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އާދަމް އާޒިމް ވިދާޅުވެފައި ވަނީ ސަރުކާރަށް އެއްބަރުލުން ދީގެން މާލޭގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.