English Edition
Dhivehi Edition
ފިޓްނަސް މެނޭޖްމަންޓް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ފޮޓޯ: ޕޮލިސް މީޑިއާ

ދިވެހި ފުލުހުންގެ ޚިދުމަތާއި އިންޑިއާގެ ސަރުދާރު ވައްލަބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީ ގުޅިގެން ކުރިއަށް ގެންދިޔަ ފިޓްނަސް މެނޭޖްމަންޓް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިންގ އެންޑް އެޑިއުކޭޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަބާހްއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ސޮބާޙް ދެއްކެވި ވާހަކަފުޅުގައި، ސަރުދާރު ވައްލަބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީގެ ފަރާތުން ދިވެހި ފުލުހުންނަށް ކުރިއަށް ގެންދިޔަ މި ކޯހަކީ ވަރަށް މުހިންމު ކޯހެއްކަން ފާހަގަ ކުރައްވައި ކޯހުގެ ސަބަބުން ދިވެހި ފުލުހުންގެ ފިޓްނަސް ރަނގަޅުވެގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި މި ކޯހުން ދަސްވި ކަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިލެއްވިއެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 15 އިން 19 އަށް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިއަށް ގެންދިޔަ މި ކޯހުގައި 17 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.