English Edition
Dhivehi Edition

ލާޒިއޯ ބަލިކޮށް އިންޓަ މިލާނުން އިޓާލިއަން ސުޕަ ކަޕް ފައިނަލަށް ދަތުރު ކޮށްފި އެވެ.

ސައުދީގެ އަލް އައްވާލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އިންޓަ މިލާނުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ރަނގަަލަށް ފެށި އިންޓަ މިލާނުން ވަނީ މެޗުގެ 17 ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑުނަގާފައެވެ. އިންޓަ އަށް ލީޑު ނަގައިދިނީ ފެޑެރިކޯ ޑިމާކޯ ތަނަވަސްކޮށް ދިން ފުރުސަތެއްގައި މާކަސް ތުރާމްއެވެ. އިންޓަ އިން މެޗުގެ ލީޑު ފުޅާކުރީ މެޗުގެ ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި ތުރުކީ މިޑްފީލްޑަރ ހަކާން ޗަލްހަނޮގްލޫ އެވެ. މިމެޗުގައި އިންޓަގެ ތިންވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި މިކިތާރިއަން ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ޑާވިޑް ފްރަޓެސީއެވެ.

މިއީ އިންޓަ މިލާނުން އިޓާލިއަން ސުޕަ ކަޕްގެ ފައިނަލްގައި ކުޅޭ 7 ވަނަ ފަހަރެވެ.