English Edition
Dhivehi Edition

ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުން އަންނަ ހަމާސް މުޖާހިދުންނާއި އިސްރާއީލުގެ ޔަހޫދީ އަސްކަރިއްޔާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައަށް 100 ދުވަސް ވެފައިވާއިރު، އިސްރާއީލުގެ ޔަހޫދީން ވަނީ ފަލަސްތީނުގައި އެތަކެއް ބޮޑެތި ޖަރީމާތަކެއް ހިންގާފައެވެ. އެގޮތުން ޔަހޫދީން ފަލަސްތީނުގައި ހިންގާފައިވާ ޖަރީމާތަކަށް ބަލާއިރު،

  • ފަލަސްތީނުގެ 30،843 މީހުން ޝަހީދުކޮށްލާފައިވޭ.
  • ހަމަލާތަކުގައި ޡަޚަމްވެ، ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް 23،843 މީހުންން ޝަހީދުވެފައިވޭ.
  • ޔަހޫދީންގެ ހަމަލާތަކުގައި 10،400 ކުޑަ ކުދިން ޝަހީދުވެފައިވޭ.
  • 7،100 އަންހެނުން ޝަހީދުކޮށްލާފައިވޭ.
  • މެޑިކަލް ޓީމުތަކުގެ 337 މީހަކު ޝަހީދުކޮށްލާފައިވޭ.
  • ސިވިލް ޑިފެންސް އިން 45 މީހަކު ޝަހީދުވެފައިވޭ.
  • 117 ނޫސްވެރިން ޝަހީދުކޮށްލާފައިވޭ.
  • 7،000 މީހުން ވީނުވީއެއް ނޭންގި ގެއްލިފައިވާއިރު، އޭގެ ތެރެއިން %70 އަކީ ކުޑަކުދިންނާއި އަންހެނުން.
  • ޔަހޫދީންގެ ހަމަލާތަކުގައި 60،317 މީހުން ޒަޚަމްވެފައިވޭ.
  • ޒަހަމްވި 6،200 މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ފަރުވާދީފައިވޭ.
  • ކެންސަރު ބަލި ޖެހިފައިވާ 10،000 މީހުން މަރުވުމުގެ ނުރައްކާލާއި ކުރިމަތިވެފައިވޭ.
  • 99 ސިއްހީ މުވައްޒަފުން ހައްޔަރުކުރި.
  • 10 ނޫސްވެރިން ހައްޔަރުކޮށްފައިވޭ.
  • ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި 2 މިލިއަން މީހުން ގެދޮރު ގެއްލިފައިވޭ.
  • ގެދޮރު ދޫކޮށް ދާންޖެހިފައިވާ 400،000 މީހުންނަށް ތަފާތު ބަލިމަޑުކަމާއި ކުރިމަތިލާްނ ޖެހިފައިވޭ.
  • ފަލަސްތީނު ސަރުކާރުގެ 134 މައި މަރުކަޒެއް ހަލާކުކޮށްލައިފައިވޭ.
  • 95 ސްކޫލާއި ޔުނިވާސިޓީ މުޅިން ހަލާކުކޮށްލި.
  • 295 ސްކޫލާއި ޔުނިވާސިޓީއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލި.
  • 145 މިސްކިތެއް މުޅިން ބިމާއި ހަމަކޮށްލާ، 243 މިސްކިތަކަށް އެކިވަރުގެ ގެއްލުންތައް ދިން.
  • 3 ފައްޅި ބިމާއި ހަމަކޮށްލި.
  • 69،300 ހައުސިން ޔުނިޓް މުޅިން ހަލާކުކޮށްލާފައިވޭ. އަދި 290،000 ހައުސިން ޔުނިޓަކަށް އެކިވަރުގެ ގެއްލުންތައް ދީފައިވޭ.
  • 100 ދުވަހުގެ ތެރޭގައި ޖުމުލަ 65،000 ޓަނުގެ ގޮވާތަކެތި ފަލަސްތީނާއި ދެކޮޅަށް ބޭނުންކޮށްފައިވޭ.
  • 30 ހޮސްޕިޓަލަކާއި 53 ސިއްޚީ މަރުކަޒެއް ހިދުމަތް ނުދެވޭ ވަރަށް ހަލާކުކޮށްލި.
  • 121 އެމްބިއުލާންސް ނައްތާލި.
  • އާސާރީ އަދި ތަރިކައިގެ 200 ތަނެއް ސުންނާފަތިކޮށްލި.