English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި ފަލަސްތީނާއި ދެކޮޅަށް ކުޅުނު މެޗު އިރާނުން ފަސޭހަކަމާއި އެކު ކާމިޔާބުކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު އިރާނުން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާއިންނެވެ.

އީރާނުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި އެޓީމުން ކުރިހޯދީ މެޗު ފެށިގެން ދެވަނަ މިނެޓުގައެވެ. މިލަނޑު ފުރަތަމަ ހާފުގެ 2 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސައިޕްރަސްގެ އޮމޮނިއާއަށް ކުޅެމުން އަންނަ ފޯވަޑް ކަރިމް އަންސަރިފަރްދުއެވެ. މިއީ ސަމަން ގޮޑޯސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ނުވަ މިނެޓު ފަހުން، މެޗުގެ 12 ވަނަ މިނެޓުގައި އިރާނުން މެޗުގެ ލީޑު ފުޅާކުރިއިރު، އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ ޝޮޖީ ޚަލީލްދާޑެހްއެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ސަމަން ގޮޑޯސްއެވެ. އިރާންގެ ތިންވަނަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ޖަހައިދިނީ މަހުދީ ގަޔެޑީއެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ އަލިރެޒާ ޖަހަންބަސްކްއެވެ.

ފަލަސްތީނުން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އެޓީމަށް މި ލަނޑު ޖަހައިދިނީ ޓެމާ ސެޔަމްއެވެ. އީރާންގެ ފަހު ލަނޑު، މެޗުގެ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ޖަހައިދިނީ އިޓަލީގެ ރޯމާ ފޯވަޑް ސަރްދާރު އަޒްމޫންއެވެ.

މި މޮޅާއި އެކު ގުރޫޕް ސީގެ އެއްވަނަގައި މިވަގުތު އީރާން އޮތް އިރު، ގުރޫޕް ދެވަނަގާދައި އޮތީ ހޮންގް ކޮންގް ބަލިކުރީ ޔޫއޭއީ އެވެ. ދެ ޓީމަށް ވެސް އެއްވަރަކަށް ޕޮއިންޓް ލިބޭއިރު، އިރާނަށް ކުރި ލިބެނީ ގޯލުގެ ފަރަގުންނެވެ. ގުރޫޕް ސީގައި ހިމެނޭ ޓީމުތަކަކީ އިރާންގެ އިތުރުން، ޔޫއޭއީ، ހޮންގް ކޮންގް، އަދި ފަލަސްތީނެވެ.