English Edition
Dhivehi Edition
ޕީޖީ އޮފީހުގެ އިސްވެރިންނާއި ފުލުހުންގެ އިސްވެރިން ބައްދަލުކުރެއްވުން ފޮޓޯ: ޕީޖީ އޮފީސް

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އާއި ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމާ އި ފުލުހުންގެ އާ ކޮމިޝަނަރު އަލީ ޝުޖާއު މަޝްވަރާކުރައްވައިފިއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް އެ އޮފީހާއި ފުލުހުންގެ އިދާރާ އިން ގުޅިގެން ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާކަމަށެވެ.

މިގޮތުން ކޮމިޝަނަރ ޝުޖާއު ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރިކުރާ މީހުންނާނާ އަދި ގޭންގުތަކުން ހިންގާ ކުށުގެ އަމަލުތަކުގެ އިތުރުން މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް މީހުން ހިންގާ ކަންކަން ހުއްޓުވުމަށް ފުލުހުން ކުރަން ނިންމާފައިވާ މަސައްކަތްތައް ހިއްސާކޮށްފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އާއި ހައްގުނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ދިނުމާ ބެހޭ ގޮތުންނާއި، ދެ އިދާރާގެ މުވައްޒަފުން ތާޒާކުރުމަށާއި އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ޓެގު