English Edition
Dhivehi Edition

އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް ހާޒިރިކޮށްފިއެވެ.

ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމަށް ނިސްބަތްކޮށް ‘ބޭއަދަބީ ބަހުން’ ވާހަކަދެއްކި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅު ދިވެހި ސަފީރު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް ހާޒިރުކޮށްފައިވާއިރު މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ދިވެހި ސަފީރު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އަށް ހާޒިރުވުމަށް އަންގާފައިވާކަން ދިވެހި ސަރުކާރުންވެސް ވަނީ ޔަގީންކޮށް ދީފައެވެ.

ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމަށް ނިސްބަތްކޮށް ‘ބޭއަދަބީ ބަހުން’ ވާހަކަދެއްކި މައްސަލަ ހޫނުވެފައިވާއިރު މިކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ.