English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް

ގުދަނެއްގައި ރައްކާކޮށްފައި ހުރި 100،000 ރުފިޔާގެ މުދާ ވަގަށް ނެގި އައްޑޫ ސިޓީ ހިތަދޫ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ މީހެކެވެ.

އިއްޔެ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައެވެ. އޭނާ ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައިވަނީ، އޭނާ ގުދަނެއްގައި ރައްކާކޮށްފައި ހުރި އަގުބޮޑު މުދާތަކެއް ވަގަށް ނަގާފައިވާކަމަށާ ވަގަށް ނަގާފައިވާ މުދަލުގެ އަގު 100,000 ރުފިޔާއަށްވުރެ މަތިކަމަށް ބެލެވޭކަމަށެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ހާދިސާ ރިޕޯޓުގައި އެ ގުދަނުން ވަގަށް ނަގާފައިވާ ބައެއް ތަކެތި އޭނާގެ އަތުން ފެނިފައިވާކަމަށް ވެސް މި ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އެހެންކަމުން މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ.