English Edition
Dhivehi Edition
އާ ޕާޓީ އުފެއްދުމުގެ ފޯމު، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބްއާ ހވަލާކުރުން - ފޮޓޯ: މިހާރު

ސިޔާސީ ޕާޓީއެއް އުފައްދަން އެކަކަށްވުރެ ގިނަ މީހުންނަށް އެދެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.

މީގެ ކުރިން ސިޔާސީ ޕާޓީ އުފައްދަން ހުށަހެޅޭނީ އެންމެ މީހަކަށެވެ. އެހެންނަމަވެސް ސިޔާސީ ޕާޓީގެ ގަވާއިދަށް ބަދަލުތަކެއް ގެނެސް މިއަދު ގެޒެޓްކޮށްފައިވާއިރު، އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މި ބަދަލު ގެނެސްފައިވަނީ ވަރަށް ކުރީއްސުރެ ގިނަ ބަޔަކު މި ގޮތަށް އެދެމުން ދާ ތީ ކަމަށެވެ.

އަލަށް ގެނައި އިސްލާހުގައި ބުނީ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ފޯމާއެކު އެކަމަށް އެދޭ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއ،ި ކުށުގެ ރިކޯޑު ފޯމު ހުށަހަޅަން ޖެހޭނެއެވެ.

މީގެއިތުރުން އިސްމާއީލް ހަބީބް ވިދާޅުވީ އަލަށް ސިޔާސީ ޕާޓީ އުފައްދާ ފަރާތަކަށް ސިޔާސީ ޕާޓީގެ ދަފްތަރު ސިމެދަ ޕޯޓަލްއިން ބެލޭނެ ގޮތަށް ހުއްދަ ލިބިގެންދާނެ ކަމަށެވެ.