English Edition
Dhivehi Edition

ރަށް ވަށައި އެކި ދިމަދިމާލުގައި ތިބި މުލިތައް:

  • އީދިގާމުލި: މިއީ ރަށުގެ ހުޅަނގު އުތުރުކަންމައްޗެވެ. އެހެން އިބާރާތަކުން ދަންނަވަނީނަމަ މިއީ ގަމުގެ ވަރަށް މަތިކަންމަތިއެވެ.
  • ކެހެލާފަންނު މުލި
  • ކަޅުމުލި
  • ކައިދަރު މުލި، މިއީ ރަށުގެ ހޮޑަން ކަންމައްޗެވެ.
  • ރަށްކޮޅުމުލި، ރަށްކޮޅު މުއްޔަކީ ގަމުގެ ފެހުނު ކަންމަތިއެވެ.
  • އައްޑޫ މުލި، މި މުލިއަކީ އައްޑޫގެ ދެކުނުން ބޭރު ކަނޑަށްވެސް ނިކުމެފާއޮންނަ މުއްޔެކެވެ.
  • ސަހިނާ ފަންނުމުލި، މިއީ ރަށުގެ ނުރަންމަކަންމައްޗެވެ. މި ހިސާބަށް މުލިތަކާއެކު މި ބާބު ނިމުނީއެވެ.

3 ވަނަ ބާބު

(ރަށުތެރެރޭގައި ހުރި ބަނބުކެޔޮ ހާލިތަކާއި މަޝްހޫރު ބޮޑެތި ގަސްތައް)

ބަނބުކެޔޮ ހާލިއޭ ދަންނަވާފައި މިވަނީ ރަށުތެރޭ އެކި ތަންތާނގައި 3 ހަތަރު ފަސްގޯތީގެ ވަރު ބިން ބިމުގައި ހެދިފައި ހުރި ބަނބުކެޔޮ ގަސްތައް ތަކަށެވެ. އެދުވަސްވަރު ގޯއްޗަކީ 3 ރިޔަން އަށަގޫ ބަމައިގެ 16 އާއި 18 ބަމާއެވެ.

ބަނބުކެޔޮ ހާލިތައް:

  • ހިއްތަލަފަޅާޑު
  • ކާޅުގުއިރީ ހިންނަ
  • ކަޅުބިތު ބަބުކެއުހާލި
  • ތިރިކޭހާލު ބަބުކެއުހާލު
  • ސަހިނާފަންނު ބަނބުކެއުހާލި
  • ފަޑިއެއްދަނޑު ބަނބުކެއުހާލި
  • ދީދީ ބަނބުކެއުހާލި
  • ކަޅިބިތު ގަނޑުވަރުދޮށު ބަނބުކެއުހާލި
  • ކަހަޅު ބަނބުކެއުހާލި
  • އަރާއިރުވަލު ބަނބުކެއުހާލި
  • ބިއްދޮށު މަތިކެޑަ ބަނބުކެއުހާލި
  • ދޮރުމަތި މަތިކެޑެ ބަނބުކެއުހާލި
  • ކަށިގަނޑު ބަނބުކެއުހާލި
  • ފަޅުގެވަޑު ބަނބުކެއުހާލި
  • އަތިރެ ގަޏޑުވަރުދޮށު ބަނބުކެއުހާލި
  • އޯކަޅު ބަނބުކެއުހާލި
  • އޮނަފާއްލާތަނު ބަނބުކެއުހާލި
  • މެދުގަމު ބަނބުކެއުހާލި
  • ފެޅިފަގު ބަނބުކެއުހާލި މިއެވެ. މީގައި 1، 2 ނަމްބަރުގައި އޮތް 2 ބަނބުކެއު ހާލިއަކީ ފުރަބަންޑާރަ ދެހިންނައެވެ. ދެން ހުރީ ގޮއިފާލައްބަ ތަންތަނެވެ. ގޮއިފާލައްބައިގެ ވާހަކަ ކުރީގައި ބަޔާންވެގެން ހިނގައްޖެއެވެ. ކުރީގައި ދެންނެވިފައިވާނެ ފަދައިން ގަމުގެ ގޮއިގަނޑަކީ މިހިރަ ބަނބުކެއު ހާލި ހާލީގެ ދެބައިކުޅަ އެއްބައާއި، ގޯތި ގޯއްޗާާއެކު ރަށުތެރޭގައި ހުރި ބަންޑާރަ ރުއްގަހެވެ. މި ގޮއިގަނޑުން ބަނބުކެޔޮ ކެނޑުމުން ދިޔަ އަދަދަކާއި ކާށީގެ ހިސާބެއް ނޭނގެއެވެ. ބަނބުކެއު ހަރުވީ މޫސުމް މޫސުމުގައި ގޮއިގަނޑުން ހިއްކެނީ ހަތަރުސަތޭކަ، ފައްސަތޭކަ ބަސްތާ ބަނބުކެއު ކަމަށް ބުނެވެއެވެ. އެއީ ބަނބުކެއު ހިއްކާ މޫސުމުގައި ބަނބުކެއު ހިއްކަން ގޮއިގޭ ދޮށު އަޅަނީ ހަތަރު އޮލިގޭއެވެ. އޮލިގެއަކުން ހިއްކެނީ ސަތޭކަ ބަސްތާ ، ސަތޭކަ ފަންސަވީސް ބަސްތާއެވެ. ހިއްކި ބަނބުކެޔޮ ބަސްތާއަކީ ތިން ތުޅުއެވެ. ތުޅަކީ ފަންސަވީސް ރާތާއެވެ. ވީމާ ހިއްކި ބަނބުކެޔޮ ބަސްތާއަކީ ތިން ރުފިޔާއެވެ. މިއީ ގޮއިގަނޑު ބަނބުކޭލުގެ އަންދާސީއެވެ. ވީމާ އަމިއްލަ ބަނބުކޭލުގެ މައްޗަށްވެސްވާނީ ވިސްނުމުގެ ނަޒަރެއް ހިންގަވާލަން ނޫންތޯއެވެ. އާދެ، ހަމަކަށަވަރުންވެސް އަމިއްލަ ބަނބުކެޔޮ ގަސްތައް މޮޅުވެފައި ގިނައެވެ. މިހާރު ތިޔަ ބޭފުޅުންގެ ސުވާލަކީ ދެބައިކުޅަ އެއްބައި ބަންޑާރައަށް ވާއިރު އަމިއްލަ ގަސް ގިނަވާންވީ ކީއްވެގެންތޯއެވެ.
  • ނުނިމޭ-
  • ނޯޓް: މިއީ ސ.ފޭދޫ ޕެންޒީމާގޭ އަލްމަރުޙޫމް އަޙްމަދު ޙަސަން މަނިކުފާނު 1978ގައި އައްޑޫގައި ނެރުނު “މިލާބު” މަޖައްލާއަށް “އައްޑޫގަން” މި ނަމުގައި ލިޔުއްވާފައިވާ އައްޑޫގެ ތާރީޚާ ގުޅޭ މުހިއްމު ވާހަކަތަކެއް ހިމެނޭ ލިޔުމެކެވެ.