English Edition
Dhivehi Edition

އައްޑޫ ސިޓީގެ ތާރީޚާއީ ސަގާފަތަށް ޚިދުމަތްކުރާ ކޮމިޓީ އުފައްދައި ކޮމިޓީގެ ރައީސަކަށް އައްޑޫގެ ދުވަސްވީ ލިޔުންތެރިއެއްކަމަށްވާ ފޭދޫ، އާރާމުގޭ، އަބްދުﷲ ނައީމް އިބްރާހިމް އިންތިޚާބުކޮށްފިއެވެ.

ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި ކޮމެޓީގެ މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވި ވޯޓުނެގުމުގައި ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ކޮމެޓީގެ މެމްބަރުން ވަނީ ހޮވާފައެވެ.

މުޅިއެކު 8 މެމްބަރުން ހިމެނޭ މި ކޮމެޓީގެ ރައީސަކަށް ނައީމު ހޮވާފައިވާއިރު ނައިބު ރައީސަކަށް ހޮވާފައިވަނީ މީދޫ އަންދަލީބުގެ ސަފްވާން ޝަފީގެވެ.

ކޮމެޓީގެ މެމްބަރުންގެ ގޮތުގައި ހިމެނެނީ ހިތަދޫ، ފިސްފިސާގޭ، ސައުދުﷲ ހަމީދާއި، ހިތަދޫ، ޓޯކިޔޯވިލާ، އިބްރާހީމް ފިރާގާއި، ހިތަދޫ، ސިލްވަރުގޭ، އަލީ އަހުމަދާއި، ފޭދޫ، އާފަހި، އަލީ ފަހުމީ އަހުމަދާއި، މަރަދޫ، ނަރުގިސްގޭ، އާމިނަތު އަމީޒާ ޚަލީލެވެ.

އައްޑޫގެ ސަގާފަތާއި ތާރީޚް ދިރުވައި އާލާކުރުމުގެ މަގުޞަދުގައި އުފެއްދި މި ކޮމެޓީން އައްޑޫ ސިޓީގެ ތާރީޚު ދިރާސާކޮށް އޭގެ ހަގީގަތް ހޯދައި އެއްގޮތް ކުރެއްވުމުގެ މަސައްކަތް ކޮމިޓީން ކުރާނެ ކަމަށް ސިޓީކައުންސިލުން ބުނެއެވެ. މިއާއެކު ތާރީޚާ ބެހޭ މައުލޫމާތު އެކުލެވޭ ފޮތެއް ނެރުމަކީ ވެސް މި ކޮމެޓީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.