English Edition
Dhivehi Edition

އާދައިގެ ސިއްޙަތެއްގައި ދިރިއުޅެމުން އައި5 ކުދީންގެ މަންމަ ސ.މީދޫ އިރުމަތީގޭ ޒައީމާ ޙަސަން އަށް މީގެ ތިން މަސްކުރިން ސިއްޙީ މައްސަލަތަކެއް ދިމާވާން ފެށިއެވެ.

އެކަނިވެރި މައެއް ކަމަށްވާ ޒައިމާގެ ބަލިހާލަތު ކިޔައިދެމުން އާއިލާ މީހަކު ބުނީ ޒައީމާގެ ބޮލުގައި ރިއްސާ ވަރުބަލިވެ ކަންކަން ވާންފެށުމުން ޑޮކްޓަރަށް ދެއްކުމުން ތައިރޯޑް ދުޅަވެ ތައިރޯޑް މައްސަލަ ހުރިކަން އެނގިގެން އެބައްޔަށް ބޭސް ކުރަމުން އަންނަތާ 3މަސް ވެފައިވާ ކަމަށެވެ.

މިހެން އާދައިގެ ހާލުގައި އުޅެމުން ދަނިކޮށް ޒައީމާ އަށއަނެއްކާ އިތުރު ގޮތް ގޮތް ވާންފެށިކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އައި މިފަހަރު ޒައީމާ ނޭވާ ހާސްވާގޮތް ދިމާވެ މެޔަށް ތަދުވާން ފެށުމުން އެތެރެހަށީގެ ޑޮކްޓަރަށް ދެއްކުމުން ބުނީ ހިތުގެ ޓެސްޓެއް ހެދުމަށެވެ. ޓެސްޓަށްފަހު ހިތުގެ މައްސަލަތަކެއް ކުރިކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ. ޑޮކްޓަރު ބުނެފައިވާ ގޮތުން ޒައީމާގެ ހިތުގެ މައްސަލަތައް ދިމާވާން މިފެށީ އޭނާގެ ހިތް އުފެދުމުގައި ދިމާވެފައީ މައްސަލަތަކާ ހެދި އެވެ. ޑޮކްޓަރުން ލަފާކުރަގޮތުން ޒައީމާގެ ހިތުގައި ވަރަށް ގިނަ މައްސަލަތައް ހުރިކަމަށް ޝައްކުވެއެވެ. އެހެންކަމުން ޒައީމާއަށް އަވަހަށް ފަރުވާ ނުލިބިއްޖެނަމަ ހާޓްއެޓޭއްކެއް ޖެހުމުގެ ޗާންސް އޮތްކަމަށާއި ވީހާ ވެސް އަވަހަކަށް އައި.ޖީ.އެމް ހޮސްޕިޓަލްގެ ހިތުގެ ޑިޕާރޓްމެންޓަށް ގޮސް އިތުރު ޓެސްޓް ހެދުމަށާއި ވީހާވެސް އަވަހަށް ފަރުވާ ހޯދުމަށް ޑޮކްޓަރުވަނީ ލާފާދެއްވާފައެވެ.

މި މައްސަލަ ތަކަށްފަހު މިހާރުވެސް ޒައީމާ އަށް ކޮންމެ ދުވަހަކު ނޭވާ ހާސްވުމުގެ އުނދަގޫތައް ދަނީ ކުރިމަތި ވަމުންނެވެ. އަދި 7 ޖެނުއަރީ ގައި އޭނާގެ ހަށިގަނޑުގެ އެއްފަޅި އައްސި ވުމުން ހުޅުމީދޫ ހެލްތްސެންޓަރުގައި ވަނީ ފަރުވާދީފައެވެ.

ޒައީމާގެ ބައްޔަށް ވީހާވެސް އަވަހަށް ފަރުވާ ހޯދަން ޖެހޭތީ މާލެ ގޮސް ހުރުމާއި ކެއުން އަދި މާލޭގައި ބޭސްފަރުވާ އަށް މަޑުކުރަންޖެހޭ މުއްދަތު ނޭނގޭތީ އާއި އެނޫންވެސް ޒަރޫރީ ބޭނުންތައް ބެލެހެއްޓޭނެ ތަނަވަސް ކަމެއް އެއާއިލާގައި ނެތެވެ. އެހެން ކަމުން ޒަޢީމާ އަށް ވަނީ ވަރަށް ބޮޑަށް ފައިސާގެ އެހީ އަށް ބޭނުން ވެފައެވެ. ޒައީމާގެ އާއިލާއިން އެދެނީ އެހީގެ ކުޑަ މިންވަރެއްވެސް ދެވެން އޮތް ފަރާތެއްނަމަ އެހީވެދިނުމަށެވެ. އަދި އެހީވެވެން ނެތްނަމަ ޒައީމާ އަށް ހެޔޮދުއާ ކޮށްދިނުމެވެ.

 

ޒައީމާގެ ބަލިހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް 7577513 (ޒައީމާ) ނަންބަރަށް ގުޅުމަށާއި އަދި މާލީ އެހީތެރިކަން ފޯރުުކޮށްދިނުމަށް ޒައީމާގެ އެކައުންޓަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް އާއިލާއިން އެދެއެވެ.

ފައިސާ އެކައުންޓް ނަންބަރު: 7716311421101

އެކައުންޓް ނަން: ޒައީމާ ހަސަން

 

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: “އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)