ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
ހަސަންޓޭގެ ފޯމު ހަވާލުކުރައްވާފައިވަނީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެވެ.
﷽
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
މިއަދުން ފެށިގެން އަޅުގަޑު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއިއެކުު ކުރިއަށްދިއުމަށް ނިއްމައިފީމެވެ. ތެދުވެރިކަމާއި އިހްލާސްތެރިކަމާއިއެކު ޕީ.އެން.ސީ އާއިއެކު ހުންނާނެވާހަކަ ދަންނަވަމެވެ. pic.twitter.com/EEtzYIKQsq— Hassantay (@HassantayMDP) January 7, 2024
ޕީއެންސީއަށް ސޮއިކުރެއްވިކަން އިއުލާންކުރައްވާ ހަސަންޓޭ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއިއެކުު ކުރިއަށް ދިއުމަށް ނިއްމައިފައިވާ ކަމަށެވެ. އަދި ތެދުވެރިކަމާއި އިހްލާސްތެރިކަމާއިއެކު ޕީއެންސީ އާއިއެކު ހުންނާނެކަމަށް ހަސަންޓޭ ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ އެމްޑީޕީ 13 މެންބަރަކު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ.