English Edition
Dhivehi Edition
ކްރިމިނަލް ކޯޓު ކައިރީގައި ބަޔަކު ހުއްޓިގެން

ކާށި ބަސްތާއެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި 2 ފިރިހެނެކެވެ. އެދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުން ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމީހުންގެ ބަންދަށް 5 ދުވަސް ޖަހާފައެވެ.

ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ސައިކަލެއްގައި ކާށި ބަސްތާއެއް ހިފައިގެން ދަނިކޮށް، އެމީހުންގެ އަމަލުތައް ހުރި ގޮތުން ސުވާލުކުރުމަށްފަހު އެވެ. މި ގޮތުން ފުލުހުން ބުނީ ދެ މީހުން ހުއްޓުވައި އެމީހުން ގެންގުޅުނު ކާށި ބަސްތާއާމެދު ސުވާލުކުރުމުން ދެ މީހުންވެސް ބުނެފައިވަނީ އެ ކާށި ބަސްތާއަކީ އެމީހުން ސައިކަލު ޕާކުކުރި ތަނުގައި ހުރި ބަސްތާއެއް ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ދެމީހުން ކުރެ އެކަކު ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ފުލުހުން އޭނާއަށް ގާނޫނީ އިންޒާރު ދިނުމަކާ ނުލާކަމަށެވެ. އެހެންނަމަވެސް “ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމު”ގައި ވަނީ ގާނޫނީ އިންޒާރު ދިންކަމަށާއި، ފޯމުގައި ސޮއިކުރަން އޭނާ އިންކާރުކުރިކަމަށް ބުނެ ދެ ފުލުހަކު ސޮއިކޮށްފައިވެއެވެ.