English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު ފޮޓޯ: ރައީސް އޮފީސް

ސަރުކާރާ ހަވާލުވެ ވަޑައިގެންނެވި ފަހުން ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރުމަށް އަދި ފުރުސަތެއް ލިބިވަޑައިގެންފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ ޚާއްސަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސްކޮށް ކަމަށެވެ. ސަރުކާރުން އެމަޝްރޫއު ކުރިއަށްގެންދާ ކުންފުންޏަށް ވަރަށް ބޮޑަށް އިތުރު ވަގުތު ދެއްވާފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް 2025 ވަނަ އަހަރަށް ވިލިމާލެއާ ހަމައަށް ނިންމާދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.

މިހާރު އޮތް ގޮތުން އެ މަސައްކަތް ނިމޭނީ 2027 ވަނަ އަހަރުގެ ކުރީކޮޅު ނުވަތަ 2026ގެ ފަހޮކޮޅަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮޕް ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރާ އާއި އެކު އެކަމުގެ މަޝްވަރާތައްކުރައްވާފައިވާކަމަށެވެ، މި ގޮތުން ބްރިޖް މަޝްރޫއު އަވަސް ކުރަން ބޭނުންފުޅުވާ ކަމަށާއި ދެޤައުމަށްވެސް އެންމެ ފައިދާހުރި ގޮތަކަށްވާނީ އެގޮތްކަމަށް ދަންނަވާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ސިނަމާލެ ބްރިޖުގެ މަޝްރޫއު ކުރިއަށްގެންދިޔަ ގޮތަށް ތިލަމާލެ ބްރިޖުގެ މަސައްކަތް ބަދަލުކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށާއި ދެ ޤައުމުގެ އިސް ފަރާތްތަކުން ނިންމަވައިފިނަމަ މަޝްރޫއު އަވަސް ކުރަން ކުރެވިދާނެ ޓެކްނިކަލް ކަންކަން އެބަހުރިކަމަށެވެ.