English Edition
Dhivehi Edition
ފޮޓޯ: ޕީއެންސީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 13 މަޖިލިސް މެންބަރަކު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

މި މެންބަރުން ޕީއެންސީއަށް ސޮއިކުރައްވާފައިވަނީ ރޭ ދަރުބާރުގޭގައި ޕީއެންސީން ބާއްވާ ހާއްސަ ޖަލްސާގައެވެ.

ރޭ ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުނަކީ:

1. މަރަދޫ އިބްރާހިމް ޝަރީފް

2. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު

3. މައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމް

4. އިސްދޫ ދާއިރާގެ އަލީ ހަމީދު

5. ކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމް

6. ކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމް

7. މަތިވެރި ހަސަން ޒަރީރު

8. މުލަކު ދާއިރާގެ އިބްރާހިމް ނަސީރު

9. ނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދު

10. މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ

11. ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު

12. ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން

13. ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު

ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޕީއެންސީއަށް ސޮއިކޮށް ހަވާލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.