English Edition
Dhivehi Edition
ސިނަމާލެ ބްރިޖް/ފޮޓޯ ގޫގުލް

ނިމިދިޔަ ސަރުކާރުން ސިނަމާލެ ބްރިޖަށް ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބްރިޖު ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ބްރިޖްގެ ނަން އަދި ހަރުކުރެވިފައިވާ ލައިޓްތައް ހަލާކުވެފައިވާ ކަމަށެވެ.

މި ގޮތުން ބްރިޖް މޮނިއުމަންޓަށް ކަރަންޓު ދިނުމަށް ބޭނުންކޮށްފައިވާ 10 ޑީސީ ސަޕްލައި ޔުނިޓުގެ ތެރެއިން 7 ޔުނިޓަކީ މައްސަލަ ޖެހިފައިވާ ޔުނިޓުތަކެއް ކަަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ގިނަ ލެޑުތައް ހަލާކުވެފައިވާ އިރު ފަހުމީ ވިދާޅުވީ، މޮނިއުމަންޓް ހަރުކުރުމަށް ޖަހާފައިވާ ބްރެކެޓުތަކާއި، އިސްކުރުތަކުގައި ދަބަރުޖަހާފައިވާކަމަށެވެ. އަދި މި ތަކެތި ބަދަލުކުރަން ޖެހިފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން ފަހުމީ ވިދާޅުވީ ގައުމީ މިފަދަ ބިނާތަކަކީ ރަނގަޅަށް ބަލަހައްޓަންޖެހޭ ފަދަ ތަންތަން ކަމަށެވެ. އަދި މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މިފަދަ މުހިއްމު ބިނާތައް ރަނގަޅަށް ބަލަހައްޓައި އެންމެންނަށް ވެސް ސަލާމަތްތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.