English Edition
Dhivehi Edition
ފޮޓޯ: މަޖިލިސް

ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައިގެން މޮޅު ވާހަތައްދައިގެން ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރާއި ކުޅެލުމަކީ ލާހިކުކަމެއް ނޫންކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް(ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ޚަބަރާއި ރިޕޯޓު އަދި އެ ޒާތުގެ ލިޔުންތައް ލިޔެ ޝާއިޢުކުރަމުންދިޔަ ބައެއް ވެބްސައިޓުތައް ސަރުކާރުން ބްލޮކްކުރި މައްސަލަ ކުއްލި މައްސަލައެއްގެގޮތުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށައެޅުއްވި މައްސަލައާއި މެދު ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައިގެން، މީހުންގެ އަބުރުކަތިލަމުން ދާއިރު، އެކަމަށް ބާރުލިބޭގޮތަށް ވާހަކަދައްކައިގެން ކުރި ނުލިބޭނޭ ކަމަށާއި އެފަދަ ވާހަތައް ދައްކައިގެން މި ސަރުކާރާއި ކުޅެލުމަކީ ލާހިކުވެގެންވާ ކަމެއް ނޫންކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައިގެން، މީހުންގެ އަބުރުކަތިލަމުން ދާއިރު، އެކަމަށް ބާރުލިބޭގޮތަށް ވާހަކަދައްކައިގެން ނުވާނޭ ކަމަށާއި އެފަދައިން ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ފަރާތަކަށް ލިބިގެން ނުވާނޭ ކަމަށް ސަލީމް ވިދާޅުވިއެވެ..

” މީހުންގެ އަބުރާއި އިއްޒަތައް އަރައިގެން، ހިތުހުރިހާ ދޮގު ޚަބަރުތައް ފެތުރުމަކީ ނޫސްވަރެިކަމުގެ މިނިވަންކަމެއް ނޫން. ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައިގެން މޮޅު ވާހަދައްކައިގެން އަޅުގަނޑުމެން ސަލާމަތުން ތިއްބާ މި ސަރުކާރާ ކުޅެލާކަށް ހަމަ ލާހިކެއް ނޫން.” މެމްބަރު އަޙްމަދު ސަލީމް(ރެޑްވޭވް ސަލީމް) ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމޭ ކިޔައިގެން އެމްޑީޕީ މެޖޯރިޓީން މަސައްކަތް ކުރަނީ މި ސަރުކާރު ހިންގުމަށް ހުރަސް އަޅަން ކަމަށާއި، އެގޮތުން މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދީ މަޖިލީހުގެ ޖަލްސާތައް ހުއްޓުމަކަށް ގެންނަނީ ގަސްދުގައި މުޅިން އޮޅުވާލުމުގެ ތެރެއިންކަމަށެވެ. އަދި މިއަދުގެ އެމްޑީޕީ މެމްބަރުންގެ ރޭވުމަކީ ޑރ. މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ނުދިނުމަށް ކަމުގައިވެސް ސަލީމް ވިދާޅުވިއެވެ.