English Edition
Dhivehi Edition
އުރީދޫ މޯލްޑިވްސް ކަލަންޑަރު އިފްތިތާހުކުރުން ފޮޓޯ: އުރީދޫ

ރާއްޖޭގެ އުތުރުން ދެކުނަށް ދުވާ ގޭމެއް ހިމަނައިގެން އުރީދޫގެ 2024 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗުކޮށްފިއެވެ.

ކަލަންޑަރު ލޯންޗު ކޮށްދެއްވީ އުރީދޫ ހެޑްކުއާޓާސް ގައި ބޭއްވި ހަފްލާއެއްގައި ދިވެހި ބަހާއި ތާރިހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުގެ ކަލަންޑަރުގައި ވެސް އުރީދޫއިން ވަނީ ތަފާތު ކަމެއް ހިމަނާފައެވެ. ކަލަންޑަރާއެކު ތައާރަފް ކޮށްފައިވާ “އަތޮޅު ދުވުން” ގޭމަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރި ފުރަތަމަ އެންޑްލަސް ރަނާ ޖޯންރާގެ ގޭމެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، “ހަސަނަށް ފޯނެއް”ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި މިދަނީ ރާއްޖޭގެ އުތުރުން ދެކުނަށް ކަމަށްވާއިރު، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެކަމަށެވެ. މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ.

އުރީދޫގެ 2024ގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމަނާފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އުރީދޫ އިން ބުނީ މި ގޭމްގެ ސަބަބުން އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިވެ، ގޭމެއްގެ ތެރެއިން ރާއްޖޭގެ ރައްތަށް ބަލާލެވި އިތުރު ރަށްތަކެއްގެ މައުލޫމާތު ފެތުރިގެންދާނެ ކަމަށެވެ.

މި ކަލަންޑަރާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ، މިއީ ޒުވާނުންނަށާއި ދިވެހިން ކުރިއެރުވުމަށް އަދި އީޖާދީ ޓެކްނޮލޮޖީ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ދޭ އަހުމިއްޔަތުކަން ވަރުގަދަ ކުރުމުގެ ހެއްކެއް ކަމަށެވެ.

އަހަރުގެ އުރީދޫ ކަލަންޑަރު އަދި ގޭމް ތައްޔާރުކުރައްވާފައިވަނީ ލޫޕްކްރާފްޓްގެ ހުނަރުވެރި ޓިމުންނެވެ.

ޓެގު