English Edition
Dhivehi Edition

އެޕަލް އިން އެންމެ ފަހުން މާކެޓަށް ނެރުނު އައިފޯން 16 ޕްރޯ، އުރީދޫ މޯލްޑިވްސް އިން ޕްރީ އޯޑަރަށް ހުޅުވާލަން ނިންމައިފިއެވެ.

އުރީދޫއިން ބުނީ މި ސެޕްޓެމްބަރު މަހުގެ 20 ގައި ޕްރީ އޯޑަރަށް ހުޅުވާލާނެ ކަމަށެވެ.

https://x.com/OoredooMaldives/status/1836401189967335832

އެޕަލް އިން އައިފޯން 16 ތާރަފް ކުރުމަށް ބޭއްވި ގްލޯވްޓައިމް އިވެންޓުގައި އެ ކުންފުނިން ބުނީ މި ފަހަރު އެޕްލް އިން ނެރުނު އައިފޯން 16 ސީރީޒްގައި ހިމެނެނީ ކުރީގެ މޮޑެލްތަކަށްވުރެ ބޮޑު ސްކްރީނެއްކަމަށާއި، އާ A18 ޕްރޯ ޗިޕެއްގެ އިތުރުން ރެކޯޑިން ފީޗާއާއި ރަނގަޅު ބެޓަރީ ލައިފެއް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އެޕަލްއިން ވަނީ މި ފޯނުތަކުގައި އެޕަލްގެ އެއްވެސް ޕްރޮޑަކްޓެއްގައި ހުރި އެންމެ ތުނި ބޯޑަރުތައް ހަރުކޮށްފައިވާކަމަށް ބުނެފައެވެ.

ޓެގު