English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

އުރީދޫއިން ކޮންމެ އަހަރަކު 2 މުވައްޒަފުން އެމެރިކާގެ ހާވާޑް ޔުނިވާސިޓީއަށް ފޮނުވަމުން އަންނައިރު މިދިޔަ 3 އަހަރުގެ ތެރޭގައި 6 މުވައްޒަފުންނަށް ދުނިޔޭގެ ފެންވަރުގެ ތަމްރީނު ދީފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫ މޯލްޑިވްސްގެ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކާމިޔާބީ، ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ޔުނިވާސިޓީ ކަމަށްވާ ހާވާޑް ޔުނިވަސިޓީއާ ގުޅިގެން ކުރިއަށް ގެންދާކަން ވަނީ އިއުލާންކޮށްފައެވެ.

އުރީދޫ އިން ބުނީ 2021 ވަނަ އަހަރު ފެށި މި ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކޮށް ކުރިއަރުވައި، ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ހުނަރާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މިފަދަ ތަމްރީނު ފުރުސަތަކީ ރާއްޖޭގެ އެހެން އެއްވެސް ކުންފުންޏަކުން ހޯދައިދީފައިނުވާ ފުރުސަތެއްކަން ފާހަގަކޮށް އުރީދޫ އިން ބުނީ ކޮންމެ އަހަރަކުވެސް އުރީދޫގެ އުއްމީދީ ދެ ލީޑަރުން މި އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ ތެރޭގައި އިނޮވޭޝަނާއި ކުރިއެރުމަށް އަގުހުރި އިލްމު ތަކެއް ގެނެސްދޭ ކަމަށެވެ. އަދި މި އިނީޝިއޭޓިވްގެ ސަބަބުން، ހުނަރުވެރިން ތަރުބިއްޔަތުކުރުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށް ދެމިތިބޭނެ ކަމުގެ ޔަގީންކަން ލިބިގެންދާކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

“އަޅުގަނޑުމެންގެ އުރީދޫ ޓީމުން މިޝަރަފުވެރި ހާވާޑް ލީޑާޝިޕް ޕްރޮގްރާމިން ގްރެޖުއޭޓް ވެފައިވާ ދަރިވަރުން އަދި ކިޔަވަމުން އަންނަ ދަރިވަރުންނާ މެދު އަޅުގަނޑު ވަރަށް ފަހުރުވެރިވަން. މި ސްޓާފުންނަކީ ހަގީގަތުގައިވެސް އަޅުގަނޑުމެންގެ ކުންފުނީގެ މުސްތަގްބަލް ރަމްޒުކޮށްދޭ، އަމިއްލަ ކުރިއެރުމާއި ލީޑާޝިޕް ޑިވެލޮޕްމަންޓަށް އެބޭފުޅުން ދެއްވާ އަހައްމިއްޔަތުކަމަކީ ފާހަގަ ކުރަންޖެހޭ ކަމެއް. އުރީދޫގައި، އަޅުގަނޑުމެންގެ ހުރިހާ މާކެޓެއްގައި ވެސް ހުނަރުވެރިކަން ތަރުބިއްޔަތުކޮށް، ލީޑަޝިޕް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވޭ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ފަރާތްތައް އިނޮވޭޝަނާއި އެކްސެލެންސް އަށް މަގުފަހިވެގެންދާނެ ގޮތް ބަލާނެ ކަމަށް އުއްމީދު ކުރަން.” އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން އަދި އުރީދޫ ގްރޫޕް އެޗްއާރު އެންޑް ސަސްޓެއިނަބިލިޓީ އޮފިސަރު ފާތިމާ އަލް ކުވާރީ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލްހަމާދީ ވިދާޅުވީ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ހިންގުންތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މުހިންމު ތަނބެއް ކަމަށެވެ. “އަޅުގަނޑުމެންގެ ދަސްވެނިންނާ މެދު ފަހުރުވެރިވަން. އެ މީހުންގެ ކުރިއެރުން ރަމްޒުކޮށްދެނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ހިދުމަތް ފޯރުކޮށްދިނުމުގައި އާ މިންގަނޑުތަކެއް ކަނޑައެޅުމަށް އުރީދޫއިން ކުރާ މަސައްކަތް.” ހާލިދު އަލްހަމާދީ ވިދާޅުވިއެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓާ އެޗްއާރް ފަޒްނާ މަންސޫރު ވިދާޅުވީ އުރީދޫގެ ކުރިއެރުމަކީ މުވައްޒަފުންގެ ކުރިއެރުމެވެ. މި ޝަރަފުވެރި ޕްރޮގްރާމަކީ އަމިއްލަ ކުރިއެރުމަށް އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ހިތްވަރު ލިބޭ ޓްރާންސްފޯމޭޓިވް އެކްސްޕީރިއަންސެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އުރީދޫ އިން ބުނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސް އަކީ އަންނަން އޮތް ޖީލުގެ ލީޑަރުން ތަރުބިއްޔަތު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، ރާއްޖޭގައި މިފަދަ ފާހަގަކޮށްލެވޭ ފުރުސަތެއް ހޯދައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކަށް ވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

 

ޓެގު