English Edition
Dhivehi Edition
އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު އިބްރާހީމް

އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމަށް އަހުމަދު އިބްރާހިމް (ޕޮކްމަން) އައްޔަނުކޮށްފިއެވެ.

ދިޔަރެސް ނޫހުގެ ކޯ ފައުންޑަރެއްގެ އިތުރުން އެ ނޫހުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އިބްރާހީމް ވަނީ ޝަރުއީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ. މީގެ ކުރިން ހުޅުމާލޭ ކޯޓުގައި ކޯޓު އޮފިސަރެއްގެ މަގާމުގައި ހުއްޓައި 2021 ވަނަ އަހަރު އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ ޝަރުއީ ދާއިރާގެ އުސޫލުތަކާއި ހަމަތަކާ ހިލާފުވުމުން ކަމަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވަނީ ބުނެފައެވެ.

ސަރުކާރަށް ފާޑުކިޔާ ޓުވިޓުކުރިކަމަށް ބުނެ ކޯޓު އޮފިސަރެއްގެ މަގާމުން އޭނާ ވަކިކޮށްފައިވާއިރު، ފަހުން ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުކުރުމަށް ކުރިއަށް ދިޔަ މަސައްކަތުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެފައެވެ.

މި ގޮތުން އިންޑީއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކުރިއަށް ދިޔަ ކެމްޕެއިންގައިވެސް އިސްކޮށް އުޅުނު އަހުމަދު އިބްރާހީމް ވަނީ ރާއްޖޭގައި ތިބި ސިފައިންގެ އަދަދު ދެނެގަތުމަށް އޭރު ގިނަ މަސައްކަތްތަކެއްވެސް ކޮށްފައެވެ.

ޓެގު