އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ކުރަން ބޭނުންވާ ސުވާލުތައް އޮންލައިންކޮށް ހުށަހެޅޭ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފިއެވެ.
އާބަންކޯ އިން ބުނީ ރައްޔިތުންނާއި ވިޔަފާރިތަކުން ފަޒުލްއަށް ފޮނުވަން ބޭނުންވާ ސުވާލުތައް ނުވަތަ ފީޑްބެކުގެ އިތުރުން ކަންބޮޑުވުންތައް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މިހާރު އޮންލައިންކޮށް ފޮނުވޭނެކަމަށެވެ.
Our Managing Director, Ibrahim Fazul Rasheed is taking a step towards greater transparency and community engagement!
Send in your feedback, concerns and queries to AskMD@urbanco.mv and we will get back to you!#SupportingCommunities #WithUrbanco pic.twitter.com/UjUXgeRMxh
— Urbanco (@hdcmaldives) December 6, 2023
މީގެ އިތުރުން އާބަންކޯ އިން ބުނީ ރައްޔިތުންކުރަން ބޭނުންވާ ސުވާލުތައް AskMD@urbanco.mv މެދުވެރިކޮށް ސީދާ ފަޒުލްއަށް ފޮނުވޭނެކަމަށެވެ.
މި ސަރުކާރުން އަންނަނީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.