English Edition
Dhivehi Edition

ފަލަސްތީނުގެ ގާޒާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން މި ހަފްތާ ބަންދުގައި ބޮޑު ތިން ހަރަކާތެއް ކުރިއަށް ގެންދިއުމަށް އާބަންކޯ އިން ނިންމައިފިއެވެ.

އާބަންކޯ އިން ބުނީ ފަލަސްތީނަށް އެހީވުމަށް ބާއްވާ އިވެންޓްތައް ކުރިއަށް ދާނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ގޮތުން މަހުގެ 26 ވަނަ ދުވަހު އިލްމުވެރިންގެ ގުޅުން އަދި ހިދުމަތް ޖަމިއްޔާއާ ގުޅިގެން ފޭސް 2 ހިޔާ ޕާކްގައި “ފަލަސްތީނުގެ ހާލަތާ މެދު” މި މައުޟޫއަށް ދީނީ އިލްމުވެރިންނާ އެކު ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި މަހުގެ 27 ވަނަ ދުވަހު މަމްސަ އެންޖީއޯ އިން ހިޔާ ސަރަހައްދުގައި ފަންޑް ރައިޒިން ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު މި މަހުގެ 28، 29 އަދި 30 ވަނަ ދުވަހު ކޭކު ޑޯނާސް އިން ފަންޑް ރައިޒިން އިވެންޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ގާޒާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އަންނަނީ މިއެހީތައް ހާލުގައިޖެހިފައިވާ މީހުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

ޓެގު