English Edition
Dhivehi Edition

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން ކަމަށްވާ، އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި އުރީދޫ މޯލްޑިވްސްއިން ބޭއްވުމަށް ހަމަޖެހިފައިވައިކަން އިއުލާނުކޮށްދެއްވީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވި އުރީދޫ ފަން ރަން 2023 ގެ ރަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ނައިބު ހުސައިން މުހައްމަދު ލަތީފުއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އުރީދޫ ފަން ރަންގެ އުފާވެރި ރޫހު ރަމްޒުކޮށްދޭ ރަމްޒީ ހަނދާނީ ފިލައެއް ނައބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ، ލ. އަތޮޅުގެ އިއްޒަތްތެރި ކައުންސިލް ރައީސް އިސްމާއިލް އަލީއަށް އަރުވާފައިވެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ފަން ރަން 2024 އަށް ލ. އަތޮޅު އިޚްތިޔާރުކުރުމަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށެވެ. އެއީ، މި ގައުމުގެ ތަފާތު ރީތިކަމާއި ތަފާތުކަން ކަމުގައި ގަބޫލުކުރައްވާކަމަށް ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ. އަދި ލ. އަތޮޅުގެ ހިތްގައިމު މުޖުތަމައުއާ ގުޅިގެން ދެމެހެއްޓެނިވި ހަނދާންތައް އެކުގައި އުފެއްދުމަށް އުއްމީދު ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

އުރީދޫ އިން ބުނީ މިއަހަރުގެ ދުވުމުގައި 6000 ވުރެ ގިނަ ދުވުންތެރިން ބައިވެރިވެ 5ކޭ ގެ މި އުފާވެރި އަދި އެންމެ ބޮޑު ދުވުމުގެ ދަރަޖަ އިތުރަށް ހަރުދަނާވެގެން ދިޔަކަމަށެވެ.

އުރީދޫ ފަން ރަން ކުރިއަށް ދިޔައީ 22 ޑިސެމްބަރ 2023 ވީ ހުކުރު ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެންގޮސް ފޭސް 1 އަދި ފޭސް 2 ގެ ހިތްގައިމު މަގުތައް ހިމެނޭ ގޮތަށެވެ. އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން މުޖުތަމައު ގެ އެއްބައިވަންތަކަމާއި އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެކެވެ.

އުރީދޫ މޯލްޑިވްސްއިން މިހާރުވެސް އަންނަނީ 2024 ވަނަ އަހަރު ބާއްވާ އުރީދޫ ފަން ރަންއަށް ތައްޔާރުވަމުނެވެ. ހުޅުމާލޭގެ އިތުރުން ރީޖަނަލް އުރީދޫ ފަން ރަން 2024 ލާމުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.