އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ދޯހާ މެރެތަންގައި ދުވުމުގެ ދެ ފުރުސަތު ލިބޭ ލަކީ ޑްރޯއެއް ފަށައިފިއެވެ.
އަންނަ އަހަރުގެ ޖެނުއަރީ 17 ގައި ގަތަރުގައި ބާއްވާ މި މެރެތަންގެ ލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް އިއްޔެ އިން ފެށިގެން މަސް ދުވަހަސް ހަމައަށް ބައިވެރިވެވޭނެއެވެ. އަދި ނަސީބުވެރި ދެ ފަރާތަށް ދޯހާ މެރަތަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި:
އުރީދޫ އިން ބުނީ މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.