English Edition
Dhivehi Edition
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް

ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެމްޑީޕީން ވަކިވެ، ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ޝަރީފް އެމްޑީޕީ އިން ވަކިވެ ސިޔާސީ މަސައްކަތްތަކާ ދުރަށް ވަޑައިގަތުމަށް ނިންމާފައިވާކަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި ރޭ ހިއްސާކުރައްވާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުން ޝަރީފް އެމްޑީޕީ އިން ވަކިވާން ނިންމެވީ ޕާޓީ ތެރޭގައި އުފެދުނު ހަމަނުޖެހުމަކާ ގުޅިގެންނެވެ.

ޕާޓީގެ އެތެރޭގެ ބައެއް ކަންކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހި ވަޑައިނުގެން ޕީޖީ ވަޓްސްއެޕް ގުރޫޕުގައި ހިނގި ދެބަސްވުމެއްގައި އެމްޑީޕީއިން ވަކިވެ ސިޔާސީ މަސައްކަތްތަކާ ދުރަށް ވަޑައިގަތުމަށް ނިންމެވި އިރު މިކަމާ ގުޅިގެން އަދި ޝަރީފްގެ އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.

މެދުކެނޑުމެއް ނެތި ގިނަ ދުވަސްތަކެއްވަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޝަރީފް ވަނީ މީގެ ކުރިންވެސް އެމްޑީޕީ އިން ވަކިވެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިންގެވި ޑީއާރުޕީ ގައި މަސައްކަތްކުރައްވާފައެެވެ. އަދި ފަހުން އެ ޕާޓީން ވަކިވެ އަނެއްކާވެސް ޝަރީފް ވަނީ އެމްޑީޕީ އާއި ގުޅިވަޑައިގެންފައެވެ.