English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

ނޫސްވެރިކަމަކީ، މީހުންނާއި ޒާތީވެ މުޖުތަމައު ފަސާދަކޮށް ދޮގު މައުލޫމާތު ފެތުރުމެއް ނޫންކަމަށް ދައުލަތުގެ މީޑިއާކަމަށްވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި މި ސަރުކާރުގެ ސިޔާސަތުތަކަށް ފަޑުކިޔަމުން އައި ބައެއް އޮންލައިން ވެބްސައިޓުތައް ބްލޮކް ކުރިކަމަށް ބުނާ މައްސަލާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒީނާ ޒާހިރު ވިދާޅުވީ ނޫސްވެރިކަމަކީ، މީހުންނާއި ޒާތީވެ މުޖުތަމައު ފަސާދަކޮށް ދޮގު މައުލޫމާތު ފެތުރުމެއް ނޫންކަމަށާއި ހަގީގަތް އޮޅުންފިލުވައި ތެދު ޚަބަރު ފެތުރުމަށް އިސްކަންދިނުމަށެވެ.

” ނޫސްވެރިކަމަކީ، މީހުންނާއި ޒާތީވެ މުޖުތަމައު ފަސާދަކޮށް ދޮގު މައުލޫމާތު ފެތުރުމެއް ނޫން! ހަގީގަތް އޮޅުންފިލުވައި ތެދު ޚަބަރު ފެތުރުމަށް އިސްކަންދެމާ!.” ޒީނާ ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒީނާ ޒާހިރު ދައުލަތުގެ މީޑިއާކަމަށްވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައެވެ.