English Edition
Dhivehi Edition
އިސްމާއީލް ހަބީބް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހިދުމަތްތައް އީފާސް މެދުވެރިކޮށް ލިބޭނެ ގޮތް ހަދަން އެ ކޮމިޝަނުން ނިންމައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އޮންލައިން ކޮށް ހިދުމަތް ހޯދާ ފަރާތްތަކުން، އީސީގެ އޮންލައިން ޕޯޓަލްއަށް އީފާސް މެދުވެރިކޮށް، ހިދުމަތްތަކަށް އެކްސެސް ވެވޭނޭ ގޮތަށް ހަމަޖެއްސުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

މި ގޮތުން އީފާސް މެދުވެރިކޮށް އިންތިހާބުތަކުގެ ރީ-ރަޖިސްޓްރޭޝަނާއި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލަކަށްވުމާއި ރަޖިސްޓަރީވެފައިވާ ވޯޓުފޮށި ޗެކްކުރުމުގެ އިތުރުން ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީ ޗެކް ކުރުން ފަދަ ހިދުމަތްތައް ހިމެނޭ ކަމަށް ހަބީބް ވިދާޅުވިއެވެ.

އީފާސް މެދުވެރިކޮށް ސަރުކާރުގެ އެކި މުވައްސަސާތަކުން ހިދުމަތް ހޯދޭނެ ގޮތަށް ހަމަޖައްސާފައިވާއިރު އެންމެ ގިނަ ފަހަރަށް ބޭނުންކޮށްފައިވާ ޕޯޓަލް ތަކުގެ ތެރޭގައި ގެދޮރުވެރިޔާ ޕޯޓަލް، ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް، މޯލްޑިވެސް އިސްލާމިކް ބޭންކް ހިމެނެއެވެ.