English Edition
Dhivehi Edition
އައްޑޫސިޓީ އެމްޑީޕީ ކައުންސިލް ވާރކްޝޮޕްގެ ބައިވެރިން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާނެ ކެންޑީޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖަނަވަރީ މަހު ބޭއްވުމަށް ނިންމާ، ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީ އިން ބުނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެމްޑީޕީގެ މެމްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުސަތު، މިއަދުން ފެށިގެން ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އާ ހަމަޔަށް ހުޅުވާލާފައިވާކަމަށެވެ. ،ޮ ޕްރައިމަރީ ބާއްވަންޖެހޭ ތަންތާ ޕްރައިމަރީ އޮންނާނީ 26 އަދި 27 ޖެނުއަރީ 2024 ވާ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުކުމުގެ ޝަރުތުތަކުގެ ތެރޭގައި
1- އެމް.ޑީ.ޕީގެ މެމްބަރެއް ކަމުގައިވުން.
2- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން.

މި އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅުމަށް އެމްޑީޕީ އިން ވަނީ އެދިފައެވެ. މި ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެއިދާރާއިން ސާފުކޮށް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭނެކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.