English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުދޫއަވަށު ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓުގުޅައިދޭނެ ބަޔަކު ހޯދުމަށް އައްޑޫސިޓީ ކައުންސިލުން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

ދެވަނަފަހަރަށް އިއުލާންކުރީ ފުރަތަމަކުރި އިއުލާނަށްފަހު ކުރިމަތިލީ ފަރާތްތަކުން ލިބިފައިވާ ހުށަހެޅުންތަކުގައި ބައެއް މައްސަލަތައް ހުރުމުން އެ އިއުލާން ބާތިލްކޮށްފައެވެ.

މިކަމަށް ކުރިމަތިލާ މީހުންނަށް މައުލޫމާތު ދިނުން އޮންނާނީ، މިހިނގާ ޑިސެމްބަރު މަހު 18 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައެވެ. މައުލޫމާތު ދިނުން އޮންނާނީ ހުޅުދޫއަވަށު އޮފީހާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

ހުޅުދޫއަވަށު އޮފީހުން މައުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ، ހުޅުދޫއަވަށު އޮފީހަށެވެ. ސިޓީ ކައުންސިލުން މައުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވާނީ އެ އިދާރާއަށެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ޑިސެމްބަރ 24 ވަނަ ދުވަހު 13:00 ގައެވެ.
މަޢުލޫމާތު ދިނުމަށާއި އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރި ނުވެނޭނެވާހަކަ ދެންނެވީމެވެ.