English Edition
Dhivehi Edition
ގެއްލިގެން ހޯދަމުންދާ މުއްރަތު ޢަލީ

ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދަން އިޢުލާންކުރި މުއްރަތު އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެ، ފުލުހުންނަށް ރިޕޯޓްކޮށްފިއެވެ.

ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ ނ. މިލަދޫ / ގުމުރީގެ، މުއްރަތު އަލީ (30އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މިމަހުގެ 6 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ މިއަދު ފަށާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އޭނާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 3 ވަނަ ދުވަހުގެ ހަވީރު 5:00 އެހައިކަންހާއިރު އެ ކޮޅުވެއްޓީގައި ހުއްޓައި ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށެވެ.

އޭނާގެ ވަނަވަރާއި ފޮޓޯ ފުލުހުން އާންމުކުރުމުން މުއްރަތު އަލީ ވަނީ ހުޅުމާލޭ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފައެވެ. އޭނާގެ ހާލު ރަނގަޅެވެ.

.މިފަހަކަށް އައިސް މީހުން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރާ މިންވަރުވަނީ އިތުރުވެފައެވެ.

ގިނަ ފަހަރު މިގޮތަށް ގެއްލޭ މީހުން، ހޯދަން ފެށުމުން އަމިއްލައަށް ފުލުހަށް ހާޒިރުވަމުން ދާކަން ފާހަގަކުރެވެއެވެ. މިދިޔަ ނޮވެންބަރު މަހު އައްޑޫސިޓީއަށް ނިސްބަތްވާ އަންހެނަކުވެސް ގެއްލިގެން ހޯދަން އިޢުލާން ކުރިފަހުން އޭނާވަނީ ފެނިފައެވެ.

 

ޓެގު