English Edition
Dhivehi Edition
ގެއްލިގެން ހޯދަމުންދާ މުއްރަތު ޢަލީ

ނ. މިލަދޫ މުއްރަތު ނަމަކަށް ކިޔާ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މިލަދޫ/ގުމުރީގެ، ޢުމުރުން 30 އަހަރުގެ މުއްރަތު ޢަލީ ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށާފައެވެ.

މުއްރަތު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންގެ އިދާރާއަށް ލިބިފައިވަނީ މި ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެއެވެ.

މުއްރަތު އަލީ އަކީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތް ކުރަމުންދާ މީހެކެވެ.

‘އޭނާ އެންމެ ފަހުން ފެނިފައިވަނީ ޑިސެމްބަރު 3 ވަނަ ދުވަހު 17:00 އެހައިކަންހާއިރު އެ ކޮޅުވެއްޓީގައި ހުއްޓައި ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށް މުއްރަތުގެ އާއިލާއާއި ޙަވާލާދީ ފުލުހުން ހާމަކޮށްފައިވެއެވެ.

މުއްރަތު އަލީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ޓެގު