English Edition
Dhivehi Edition
ބަންގަލަދޭޝްގެ ސަފީރު އައްޑޫ އަށް ޒިޔާރަތްކުރެއްވުން ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގައި އުޅެމުން ދާ ބަންގްލަދޭޝްގެ ރައްޔިތުންނަށް މާދަމާ ރޭ ބައްދަލުވުމެއް ބާއްވަން ނިންމާ، އެކަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި ބައްދަލުވުމަކީ ބަންގްލަދޭޝް އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އެސްއެމް އަބްދުލް ކަލާމް އާޒާދު މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބާއްވާ ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 8 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ރޭ 7:30 ގައި ޝަރަފުއްދީން ސްކޫލުގައެވެ.

އައްޑޫ ސިޓީގައި އެކިއެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ ރައްޔިތުން އުޅެމުން އަންނައިރު މި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ރައްޔިތުން ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފައެވެ.