English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް/ފޮޓޯ މަޖިލިސްއެމްވީ

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުން ދާ ދައުރުގެ ޖަލްސާތައް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދިގު ދަންމާލުމަށް އެ މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވައިފި އެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 33ވަނަ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ނިންމަންޖެހޭ ގިނަމަސައްކަތްތަކެއް އަދިވެސް ނިމިފައި ނުވާކަމަށާއި އޭގެތެރޭގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުވެސް ހިމެނޭތީ ދައުރު އިތުރަށް ދިގު ދަންމާލަން ގަސްތު ކުރައްވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަޖެޓުގެ ދިރާސާކުރާ ކޮމެޓީގެ މަސައްކަތް ނިންމާ، މިދައުރު ނިމުމުގެ ހަތް ދުވަސް ކުރިން ބަޖެޓާމެދު ގޮތެއް ނިންމަން ހުށަހަޅަންވާނެ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެމި ހިނގާ ތިންވަނަ ދައުރު 18 ޑިސެމްބަރު 2023 ގެ ނިޔަލަށް އިތުރުކުރުމާ މެދު ވޯޓަށް އެހުން އޮންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގައި ބަޖެޓުގެ މަސައްކަތް ހިމެނޭހެން މުހިއްމު ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް މިދިޔަ ނޮވެންބަރު މަހުގެ 27 ގައި ވަނީ މި ދައުރު ޑިސެންބަރ 7 ގެ ނިޔަލަށް ދަންމައިލަންވެސް ފާސްކޮށްފައެވެ.