English Edition
Dhivehi Edition
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާތަކެއް/ފޮޓޯ ޕޮލިސްމީޑިއާ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ

ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދާ އެއްގޮތަށް އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާތަކެއް/ފޮޓޯ ޕޮލިސްމީޑިއާ

އެގޮތުން، އިއްޔެ ދޫނިދޫގައި ނައްތާލާފައިވަނީ ބްރޭންޑެޑް ފުޅީގެ 298 ފުޅި، 200 ޕެޓް ފުޅި އަދި 936 ބިޔަރު ދަޅުކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 12 އައިޓަމް އިއްޔެ ނައްތާލާފައިވެއެވެ.

ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނެއެވެ.

ނައްތާލާފައިވާ ބަނގުރަލަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރާ ކަމަށް ފުލުހުން ވިދާޅުވެއެވެ.