English Edition
Dhivehi Edition
ވިލިނގިލީ ޕޮލިސްސްޓޭޝަންގައި ހުރި ބަނދުރާ ތަކެއް/ފޮޓޯ ޕޮލިސް މީޑިއާ

ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ވިލިނގިލި ޕޮލިސް ސްޓޭޝަންގައި މިމަހުގެ 9 ވަނަ ދުވަހު ހަވީރު4.45 ގައެވެ.

އެގޮތުން، ނައްތައިލާފައިވަނީ 384 ފުޅި ބަނގުރާއާއި 62 ދަޅު ބިޔަރެވެ.

މި ތަކެއްޗަކީ މި އަހަރުގެ މެއި 28 ވަނަ ދުވަހާއި ހަމަޔަށް ގއ.ކޫއްޑޫ އެއަރޕޯޓުން ފުރި ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ހަވާލުކޮށްފައިހުރި ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.