English Edition
Dhivehi Edition
ހިންމަފުށި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި - ފޮޓޯ: ޕޮލިސް

ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހިންމަފުށި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި މިއަދު ނައްތާލާފައިވަނީ މި އަހަރުގެ ދެ މައްސަލައެއްގައި އެ ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 85 ފުޅި ބަނގުރަލެވެ.

އަދި ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހިންމަފުށި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ މިއަދު ނައްތާލާފައިވާއިރު، މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތައް ރާއްޖޭގައި ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.