ތުރުކީގެ ފެކްޓަރީތަކުން އިސްރާއީލުގެ ސިފައިންނަށް ބޭނުންވާ އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ތުރުކީގެ ފެކްޓަރީތަކުން އިސްރާއީލުގެ ސިފައިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، އޭގެތެރޭގައި އިސްރާއީލު ސިފައިންނަށް ބޭނުންވާ ޔުނިފޯމާއި އަންނައުނުގެ އިތުރުން މަތިންދާ ބޯޓުގެ ސްޕެއާ ޕާޓްސް ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އެފް-16 ގެ މަތިންދާބޯޓުގެ ސްޕެއާ ޕާޓްސްކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ތުރުކީގެ ފެކްޓަރީތަކުން ފޯރުކޮށްދޭ ޔުނިފޯމް ތަކަކީ އިސްރާއީލުގެ ރިޒާވް އަސްކަރީ ސިފައިންނަށް ބޭނުންވާ ޔުނީފޯމްތައްކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި ތުރުކީން މި އެހީގެ ތަކެތި ގެންދަނީ އިސްރާއީލުގެ ޓެލް އަވީވް އަށްކަމަށާއި މިތަކެތި އެތަނަށް ގެންދަނީ ކަނޑުމަގުންނާއި ވައިގެމަގުން ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
އަދި މީގެ އިތުރުން އިސްރާއީލުގެ ސިފައިންނަށް ބޭނުންވާ ބޭސްފަރުވާގެ ސާމާނާއި އެހެނިހެން ތަކެތިވެސް އެހީގެ ގޮތުގައި ފޯރުކޮށްދެމުން އަންނަކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
މިކަމާއި ގުޅޭ ބައެއް ވީޑިއޯތައްވެސް މިހާރު ބައެއް މީޑިއާތަކުން އާންމުކޮށްފައިވާއިރު، މި ވީޑިއޯތަކުން މަންޒަރު ފެންނަ ގޮތުގައި ތުރުކީގެ ފެކްޓްރީތަކުން ގެންދިޔަ ގިނަ އަދަދެއްގެ އެހީގެ ސާމާނު ކޮންޓެއިނާތަކުން ޓެލް އަވީވް އަށް ގެނެެސް އެތަކެތި އިސްރާއީލުގެ ސިފައިން ނާއި ހަވާލުކުރާ މަންޒަރުފެނެއެވެ.