English Edition
Dhivehi Edition

ފަލަސްތީނުގެ ހަމާސް މުޖާހިދުން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީ އެއްފަހަރާ ޔަހޫދީންގެ 60 ސިފައިން މަރާލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ހަމާސްއިން ޔަހޫދީންގެ 60 ސިފައިން އެއްފަހަރާ މަރާލީ ޖުހުރުލްޑިކްގެ އިރުމަތީގައި އޮންނަ ހިސާބުގަނޑެއްގައި ޔަހޫދީން ޓެންޓްތަކެއް ޖަހައިގެން ތިބި ތަނެއްގައި އެންމެ ފަހުގެ ޒަމާނީ ބޮންތަކެއް ހަރުކޮށްގެންނެވެ. މި ހަމަލާގައި ޔަހޫދީންގެ 60 ސިފައިން މަރުވުމުގެ އިތުރުން ޔަހޫދީންގެ އެތައް ސިފައިންނެއް ވަނީ ޒަޚަމްވެސް ވެފައެވެ.

އަސީރުން މިނިވަން ކުރުމުގެ އެއްބަސްވުމުގެ ދަށުން ހަމާސް އަދި އިސްރާއީލުން ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް ފަހު އަލުން ހަމަލަދޭން ފެށިފަހުން ވެސް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް މަދުވެގެން 15 އާއި 20 އާއި ދެމެދު އަދަކަށް އިސްރައީލުގެ ސިފައިން މަރުވަމުން އަނަކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމާސް މުޖާހިދުން މެދު ކެނޑުމެއް ނެތި އިސްރާއީލުގެ ސިފައިންނަށް އަމާޒުކޮށް ދެމުން ގެންދާ ހަމަލާތައް ދުވަހެއް ދުވަހަކަށް އިތުރުވެ ވަރުގަދަ ވަމުން އަންނައިރު، ޔަހޫދީން ނަށް ވަނީ މިހާރު ގޮތްހުސްވެފައެވެ. އެގޮތުން އިސްރާއީލުގެ އަސްކަރިއްޔާގެ ބައެއް ކޮމާންޑަރުން ބުނެފައިވާ ގޮުގައި އެމީހުންނަށް ހަމާސް ބަލިކުރެވޭނޭ އެއްވެސް ގޮތެއް އަދިނެތެވެ. ހަނގުރާމަ ކާމިޔާބުވާން އަދި ގާތްވެސް ނެތެވެ. އެހެން ކަމުން މިކަމާއި އިތުރު ވިސްނުކަމަށް ދާން ޖެހޭކަމަށް ވެސް އެމީހުންދަނީ ބުނަމުންނެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ދިފާއީ ވަޒީރުވެސް އެމީހުންނަށް ބިމުން ހަނގުރާމަކޮށްގެން ކުރި ނުލިބޭކަން ގަބޫލުކުރެއެވެ. އަދި ހަމާސް ބަލިކުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް ކަމުގައިވެސް ގަބޫލުކުރެއެވެ.