English Edition
Dhivehi Edition
އައްޑޫސިޓީ ޑްރޯން ފޮޓޯ: އާތިފް އަހުމަދު

އައްޑޫ ސިޓީގައި ހިނގި ގްރޫޕު މާރާމާރީގައި ޒަހަމްވި މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލައިފިއެވެ.

މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްފައި ވަނީ 30 އަހަރުގެ ފިރިހެނެކެވެ. އޭނާ މާލެ ގެނެސްފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރުފަރުވާ ދިނުމަށް ރޭ 9:30 ކަންހާއިރުއެވެ. އައިޖީއެމްއެޗްއިން ވަނީ އޭނާގެ ހާލު އަދިވެސް ސީރިއަސްކަމަށާއި، ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ އާ ގުޅިގެން އެ ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ސީޓިއަށް ފޮނުވާފައިވާއިރު މި މައްސަލަ އާއި ގުޅިގެން މިހާތަނަށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކުރި 4 މީހުންނަކީ އުމުރުން 18 އަހަރުގެ މީހަކާ، 19 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރު އަދި 23 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.

ޓެގު