English Edition
Dhivehi Edition
އީވާ ޢަބްދުﷲ

ރައްޔިތުންގެ މަޖިލީސް ނައިބު ރައީސްގެ މަޤާމުން އީވާ ޢަބްދުﷲ އިސްތިއުފާދެއްވައިފިއެވެ.

އީވާ އެމަޤާމުން އިސްތިއުފާ ދެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިތުބާރު ނެތްކަމަށް ހުށަހަޅައި، މަގާމުން ވަކިކުރާ ވޯޓު ނެގުމުގެ ކުރިން މަޖިލީހަށް ޖަވާބުދާރީވުމަށް އެރުވުނު ފުރުސަތަށް ފަހުއެވެ.

މަޖިލީހަށް އީވާގެ އިސްތިއުފާގެ ސިޓީ ލިބިފައިވާކަމަށް މިއަދުގެ ރިޔާސަތު ބަލަހައްޓަވަން އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ އިޢުލާންކުރައްވާފައެވެ.

އީވާ މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވަނީ 50 މެންބަރުން ސޮއި ކުރެއްވުމަށް ފަހުއެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އެމްޑީޕީން މި މައްސަލަ ހުށަހެޅީ އީވާ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމުން ކަމަށް ބުނެއެވެ.

މިއަދުގެ ޖަލްސާގެ މެދުތެރެއިން އީވާ އިސްތިއުފާދެއްވުމާ ގުޅިގެން ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވޭނެކަން އެންގުމަށްފަހު ރިޔާސަތުން ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.އަދި މަޖިލީހުގެ އައު ނައިބުރައީސް ހޮވުމަށް މިރޭ 20:30 މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަމަށްވެސް ރިޔާސަތުން އެންގެވިއެވެ.