އައްޑޫ ސިޓީ ހިތަދޫގައި ދެ ގުރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހަނަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ރޭ ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ފުވައްމުލައް ސިޓިއަށް ނިސްބަތްވާ ޒުވާނަކަށެވެ.
ފުލުހުން ބުނީ ހިތަދޫ ގައި ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ރޭ ހިނގި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި މީހާއަށް އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ މި މިހާގެ ހާލު ސީރިއަސް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ރޭ ފުވައްމުލަކުގައި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ފުވައްމުލައް ސިޓިއަށް ނިސްބަތްވާ ޒުވާނަކަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މި މައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.