English Edition
Dhivehi Edition

މިމަހު ޗައިނާގައި ފެށުމަށް ހަމަޖެހިފައިވާ “ސައުތު އޭޝިއަން ރޯވިން ކޯސްޓަލް ކޮމްޕެޓިޝަން” ގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ރޯވިންޓީމް މާދަމާ ޗައިނާއަށްފުރާނެއެވެ.

ޗައިނާއަށްދާ 11 މެންބަރުންގެ ޓީމު މާދަމާ ހެނދުނު 10:30 އަށް އެންމެ ފުރަތަމާ ދާނީ އައްޑޫ ސިޓީކައުންސިލް އިދާރާއަށެވެ. އެތަނުން 11:30 ގައި އެމްއެންޑީއެފް ބަހުގައި ޓީމްދާނީ އީކުއޭޓަރވިލެޖަށެވެ. ފުރަންދާނީ އީކުއޭޓަރވިލެޖުންނެވެ. ޓީމް ޗައިނާއަށްދާނީ ގަމުން ފުރައިގެން ލަންކާ މަގުންނެވެ.

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ މުބާރާތް އޮންނާނީ މި މަހުގެ 15-17 އަށް ކަމަށެވެ. ރާއްޖެއިން މިމުބާރާތުގައި ބައިވެރިވާ ޓީމުގައި ހިމެނެނީ ދެ އޮފިޝަނުންނާއި 9 އެތުލީޓެކެވެ. އެއީ ފަސް ފިރިހެން ކުދިންނާއި 4 އަންހެނުން ކުދިންނެވެ.
މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ސީނިއާކެޓަގަރީގައެވެ. މިއީ ސައުތު އޭޝިއާގައި ބާއްވާ ރޯއިންގެ ފުރަތަމަ ކޯސްޓަލް މުބާރާތެވެ.

މި މުބާރާތަށްވެސް ރާއްޖޭގެ ރޯވިންޓީމް ދަނީ ޔޫތު މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ އާއި އައްޑޫ ސިޓީ ކައުންސިލާއި، ހިތަދޫގައި ހިންގާ ސުވާދިވް ކެފޭގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގައި ކަމަށެވެ.