English Edition
Dhivehi Edition
އެމްޑަބްލިޔުއެސްސީ އިންޓަރ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021 ގެ ތެރެއިން: ފޮޓޯ އައުސަމް އަލީ (އޭއޯ ނިއުސް)

ރާއްޖޭގެ ރޯވިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރާއްޖޭން ބޭރުގެ އެތުލީޓުންނާއެކު އައްޑޫސިޓީގައި ކުރިއަށްގެންދިޔަ “އެމްޑަބްލިޔުއެސްސީ އިންޓަރ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021” ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިމަހު 11 އިން 14 އަށް އައްޑޫ ސިޓީ ހިތަދޫ ފަތާޓްރެކް ސަރަހައްދުގައި ބޭއްވި މުބާރާތުގައި ރާއްޖެއިން ބޭރުގެ 23 އެތުލީޓަކާއި ރާއްޖޭގެ ފަސް ސްކޫލަކުން 130 އެތުލީޓުން ވާދަކޮށްފައިވެއެވެ. މުބާރާތުގައި ޕާކިސްތާނާއި، ތައިލެންޑުގެ އެތުލީޓުން ވަނީ ބައިވެރިވެފައެވެ.

އެމްޑަބްލިޔުއެސްސީ އިންޓަރ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021 ގެ ތެރެއިން: ފޮޓޯ އައުސަމް އަލީ (އޭއޯ ނިއުސް)

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކަމަށްވާ އެމްޑަބްލިއުއެސްސީގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

ރޯވިން އެސޯސިއޭޝަނުން ބުނެފައިވަނީމި މުބާރާތުގެ ސަބަބުން ބޭރުގެ ގައުމުތަކަށް އައްޑޫ ތައާރަފްވެ އިތުރަށް މަޝްހޫރުވެގެންދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިއީ އައްޑޫގެ ފަތުރުވެރިކަން ދުނިޔެއަށް ފުޅާކުރުމަށް ލިބިގެންދާނޭ ފުރުސަތެއް ކަމަށެވެ.

އެމްޑަބްލިޔުއެސްސީ އިންޓަރ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021 ގެ ތެރެއިން: ފޮޓޯ އައުސަމް އަލީ (އޭއޯ ނިއުސް)

މި މުބާރާތް އައްޑޫ ސިޓީގައި ކުރިއަށްގެންދިޔައިރު އައްޑޫސިޓީކައުންސިލާއި، އުރީދޫ މޯލްޑިވްސްއާއި، ސޮނޭވާއި، އެސްޓީއޯއާއި، އެމްއެމްޕީއާރުސީއާއި ސަނީ އެންޓަރޕްރައިސަސްއާއި، ސިގްނޭޗަރއާއި މޯލްޑިވިއަންއާއި އެމްޑަބްލިޔުއެސްސީ ފަދަ ފަރާތްތަކުގެ އެހީތެރިކަން މުބާރާތަށް ވަނީ ލިބިފައެވެ.

ރޯވިން އެސޯސިއޭޝަނުން އަންނަނީ ރާއްޖޭގައި ރޯވިން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން ފާއިތުވި އަހަރުތަކުގައި އިންޓަނޭޝަނަލް ގިނަ މުބާރާތްތަކެއްގައި ރާއްޖޭގެ ދަރިވަރުން ވަނީ ބައިވެރިކޮށްފައެވެ.