English Edition
Dhivehi Edition
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް އަދި އެވުޒާރާގެ ނައިބު އުސްތާޛާ ޙައްވާލަޠީފް

 

އިސްލާމީ ވުޒާރާގެ ލީޑަރޝިޕުން އަންހެން ބޭފުޅުން ފެނިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބެއްގެ ގޮތުގައި އުސްތާޛާ ޙައްވާލަޠީފް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ، އިސްލާމިކް މިނިސްޓަރގެ ނައިބަކަށް އަންހެންބޭފުޅެއް ހަމަޖެއްސެވިކަމަށްޓަކައި ރައީސް ޑރ މުޙައްމަދު މުއިއްޒަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އުސްތާޛާ ޙައްވާލަޠީފަކީ އަލްއަޒުހަރު ޔުނިވަރސިޓީއިން ތައުލީމު ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އެކަމަނާ ކުރިން ހުންނެވީ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސްޗާންސެލަރގެ މަޤާމުގައެވެ. އެކަމަނާ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ނައިބެއްގެ ގޮތުގައި ހަމަޖެއްސެވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.

 

1 ކޮމެންޓް
ދޮހިކަރު
ނޮވެމްބަރު 29, 2023
dhen thiya kujja athuga hifaanee eh noon anehkka