English Edition
Dhivehi Edition

މި ޚަބަރުގެ ސުރުޚީ ކިޔާލުމުން، ހޯލީވުޑް ނުވަތަ ބޮލީފުޑް ގެ އަސަރުގަދަ ލޯބީގެ ފިލްމެއްގެ ޑައިލޮގެއް ކަމަށް ހީވެދާނެއެވެ. ނުވަތަ ދެ ލޯބިވެރިން ލޯބިން މާފޮޅުވުމުގެ ތެރޭގައި ދައްކާ ވާހަތަތައް ފަދަ ވާހަކައެއްކަމަށް ވެސް ހީވެދާނެއެވެ. ނަމަވެސް މިއީ އެފަދަ ވާހަކައެއްް ނޫނެކެވެ. މިއީ އެފަދަ އިޝްޤީ ލޯބީގެ ޖަޒުބާތީ ވާކަހައެއްގެ ތަންކޮޅެއެއް ވެސް ނުމެ ނޫންމެއެވެ. މިއީ އިންސާނިޔަތުގެ ކުލުނާއި ﷲ އަށްޓަކައި އެއް އަޚަކު އަނެއް އަޚަކަށް އޮންނަ އަޚުވަންތަކަމުގެ ލޯބީގެ ގުޅުމުގެ ތެރެއިން ބުނެވިފައިވާ ވާހަކައެކެވެ.

އިސްރާއީލާއި ފަލަސްތީނުގެ ހަމާސް މުޖާހިދުންނާއި ދެމެދު މިހާރު ކުރެވެމުން އަންނަ ހަނގުރާމައިގައި ދެފަރާތުން ވެސް ހަތަރު ދުވަހަށް ހަމަލާތައް މެދު ކަނޑާލަން އެއްބަސްވެވުނެވެ. އެ އެއްބަސްވުމުގައި ވަނީ ދެފަރާތުންވެސް ރަހީނުކޮށްފައި ތިބި ކުޑަކުދިންނާއި އަންހެނުންގެ ތެރެއިން ބައެއް މީހުން މިނިވަން ކުރުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އެހީގެ ޝިޕްމެންޓް ތައް ފޯރުކޮސްދިނުމަށް ފުރުސަތު ދިނުމެވެ. އެގޮތުން މި ވޭތުވި ދެދުވަހު ދެ ފަރާތުންވެސް އެއްބަސް ވި ގޮތަށް އަމަލުކުރަން ވަނީ ފަށާފައެވެ. އެގޮތުން ހަމާސް އިން ރަހީނުކޮށްފައި ތިބި އިސްރާއީލުގެ ބައެއް މީހުން މިނިވަން ކުރިއިރު، އިސްރާއީލުންވެސް ވަނީ އެގަަމުމުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ ކުޑަކުދީންތަކަކާއި އަންހެނުންތަކެއް މިނިވަން ކޮށްފައެވެ.

ހަމާސް އިން ރަހީނުކޮށްފައިވާ އިސްރާއީލުގެ ބައެއް މީހުން މިނިވަން ކުރިއިރު، އޭގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުން ތިއްބެވެ. ޒުވާން އުމުރުގެ ކުދިންނާއި މެދު އުމުރުގެ އަންހެނުންނާއި މުސްކުޅިންނެވެ. ހަމާސް އިން އެމީހުން މިނިވަސްކުރުމުގައި ބެހެެއްޓި އޯގާތެރިކަމުގެ ވާހަކަ ދުނިޔޭގެ މީޑިއާތަކުގައި ދެކެވެއެވެ. އެކަމުގެ ސަބަބުން މުޅި ދުނިޔެ ހަމާސް އަށް ތައުރީފުކުރިއެވެ. އެތައް ބައެއްގެ ލޯތްބާއި ހަމްދަރުދީ ހަމާސްގެ މުޖާހިދުންނަށް ލިބިގެން ދިޔައެވެ. ކޮންމެ އަކަށް ހަމާސް އިން އިސްރާއީލުގެ މީހުން މިނިވަން ކުރިއިރު، އެ މަންޒަރުތައް ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް އާންމުކޮށްފައިވެއެވެ. ގިނަ ވީޑިއޯތަކެއް އާންމު ކުރިއިރު، އެތަަނުން ވީޑިއޯއަކުން ފެނިގެން ދިޔައީ ގިނަ ބަޔަކު ހިތް މުޖާހިދުންގެ މައްޗަށް އިތުރަށް ލެނބިގެން ދިޔަ ސަބަބަކަށެވެ. އެހެނީ އެ ވީޑިއޯއިން ފެނިގެން ދަނީ ހަމާސް މުޖާހިދުންގެ އަޅާލުމާއި އިންސޏީ ކުލުނެވެ. އޯގާތެރިކަމެވެ. އިސްރައީލުގެ ޔަހޫދީންނަށް ގަބޫލުކުރަން ވެސް އުނދަގޫވި މަންޒަރެކެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ އިސްރާއީލުގެ އަންހެން ކުއްޖަކު މިނިވަން ކޮށް ވަރަށް އޯގާތެރިިކަމާއި ހިތްހެޔޮކަމާއި އެކު ގޮވައިގެން ގޮސް ވެހިކަލަށް އެރުވި މަންޒަރެވެ. ވެހިކަލަށް އެ އަންހެން ކުއްޖާ އެރިއިރުވެސް އޭނާ ކަޅި ހުއްޓިފައިވަނީ އެނާ ގޮވައިގެން ދިޔަ ހަމާސްގެ މުޖާހިގެ މޫނަށެވެ. އުފަލުން ހިތްހެޔޮކަމާއި އެކުގައި ރީތި ހިނިތުންވުމަކާއިއެކުގައި ދެއަތް އުފުލާލާ އެ މުޖާހިދާއި ދިމާއަށް ހަނާއަޅަމުން ބުނަމުން ދިޔައެވެ.

” އޭ މިހިރަ ހަމާސްގެ އޯގާތެރި މުޖާހިދު މީހާއެވެ. އަހަރެން ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ތިބާމެންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު އަހަރެން ތި މިނިވަން ކުރީއެވެ. އަހަރެން މިނިވަން ތިކުރީ ތިބާ އަހަރެންގެ ހިތް އަތުފާފައެވެ.” ހައްޔަރުގައި ހުރި ދުވަސަތަކުގައި ވެސް ތިބާމެން އަހަރެންނާއި މެދު ކަންތައް ކުރީ މީގެ ކުރިން ދުވަހަކުވެސް މީހަކު އަހަރެންނާއި މެދު ކަންތައް ނުކުރާފަދަ ލޯތްބާއި ކުލުނާއި އޯގާތެރިކަމާއި އެކުގައެވެ. ހަމަ ރަނގަޅަށް ވެސް އަހަރެންގެ ހިތް ތިބާ އަތުލައިފީމުއެވެ.” މިއީ އިސްރާއީލުގެ ޒުވާން އަންހެން ކުއްޖަކު މިނިވަންވި ވަގުތު ހަމާސްގެ މުޖާހިދަކާއި މުޚާތަބުކޮށް ދެއްކި ވާހަކައެވެ.

މިކަމުންވެސް ވިސްނާ ބަޔަކަށް އިބުރަތެއް ލިބިގެން ނުދޭތޯއެވެ.؟ މީގެން ދޭހަވަނީ ފަލަސްތީނުގެ ހަމާސް މުޖާހިދުންގެ ތެދުވެރިކަމާއި އޯގާތެރިކަމަވެ. އެ މުޖާހިދުންގެ އިންސާނިއްޔަތުކަން އެހެން މީހުންނާއި މެދު ހުންނަވަރެކެވެ. ﷲ އަށް ބިރުވެތިވާ މިންވަރެވެ. ހަމަ ޔަގީނުންވެސް ހަމާސް މުޖާހިދުންގެ ބެލުމުގެ ދަށުގައި ދެމަހެއްހާ ދުވަހު ހައްޔަރުގައި، ރަހީނުވެފައި ހުރި މީހަކު މިފަދައިން މުޖާހިދުންނާއި މުޚާތަބު ިކުރުމަކީ ލައްކަ އުފަލާއި ހިތްހަމަ ޖެހުން ލިބިފަވީމަތާއެވެ.

އިސްރާއީލުގެ ޔަހޫދީން ހަމާސް މުޖާހިދުންގެ ބޮލުގައި އަޅުވާ ބޮޑެތި ނުބައިވެގެންވާ ދޮގު ތުހުމަތުތަކަކީ ހަޤީޤަތެއް ނޫންކަން ދުނިޔޭގެ އެންމެނަށް ވެސް މި ވީޑިއޯތަކުން ވަނީ އެނގި ހާމަވެފައެވެ. އިސްރާއީލުންގެ ޔަހޫދީން ވެސް މިކަން ގަބޫލުކުރެއެވެ.